ނަޖީބުގެ “އަގުބޮޑު” މަރު
Posted By Hilath
…
ދިވެހިން އަބަދުވެސް ބުނަމުން ދެ އެވެ. ނިކަމެތި މީހާގެ ހައްގެއް ނޯވެ އެވެ. ބައެއް ރަށްރަށު މީހުން ކިޔައިއުޅެ އެވެ؛ ގާނޫނުތަކަކީ “މާލޭ މީހުންނަށް” ހަދާފައި އޮންނަ އެއްޗެކެވެ. އޭގެ މާނަ ވަރަށް ފުނެވެ. ރާއްޖޭގައި ހަގީގަތުގައި ވެސް ގާނޫނުތައް ތަންފީޒުވަމުން ދަނީ ބޮޑެތި މީހުންނަށް ކަމެއް ދިމާވެއްޖެ ނަމަ އެވެ. މާލެ އާއި ރަށްރަށުގައި ޒުވާން ކުދިންނާއި ނިކަމެތި މުސްކުޅިން މަރާލައި އެއްލާލައިފައި އޮތްއިރު ގައުމު ނިދާފައި އޮތުމަކީ، ނަޖީބު އަވަހާރަވުމަށް މަގު ހުޅުވިގެން ދިޔަ މައިގަނޑު އެއް ސަބަބެވެ. އެހެން ނޫން ނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަހުމު ކުޑަ ވަޅީގެ ހަމަލާތަކެއްގެ ޝިކާރައަކަށް ނަޖީބުވެގެން ނުދިޔައީހެވެ…އިތުރަށް ވިދާޅުވޭ



