ޝައިހް އިލްޔާސްމެން އަޅުގަނޑުމެން މަރަން ފަތުވާ ދިން: ރީކޯ މޫސަ
Posted By Hilath
“ދީނީ އިލްމުވެރިންނޭ މިކިޔާ ޝައިހް އިލްޔާސްމެން އަޅުގަނޑުމެން މަރަން ފަތުވާ ދިން”: ރީކޯ މޫސަ
ލިޔުނީ: ޢަލީ އަޙްސަން އިޙްސާން

ރީކޯ މޫސަ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަނީ | ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް
“ދީނީ އިލްމުވެރިންނޭ މިކިޔާ ޝައިހް އިލްޔާސްމެން އަޅުގަނޑުމެން މަރަން ފަތުވާ ދިން” ކަމަށް ރީކޯ މޫސަ ބުނެފިއެވެ.
އެމްޑީޕީގެ ޗެއާރޕާސަން ރީކޯ މޫސާ މަނިކު މިފަދަ މޭރުމަކުން ވާހަކަ ދައްކާފައިވަނީ “ރާއްޖެ ޓީވީ”އަށް އިއްޔެ ދިން އިންޓަވިއުއެއްގައެވެ. ރީކޯ މޫސަ ބުނެފައިވަނީ “ދީނީ އިލްމުވެރިންނޭ މިކިޔާ ޝައިހް އިލްޔާސްމެން އަޅުގަނޑުމެން މަރަން ފަތުވާ ދިން. އޭރުވެސް އަޅުގަނޑުމެން ތިބީ ހިތްތިރިކޮށްގެން” ކަމަށެވެ.
އަދި “ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ކުރު މުއްދަތެއްގެ ތެރޭގައި ވެއްޓުނީ އެ މަނިކުފާނުގެ ހިތްޕުޅު ތިރިވެގެން” ކަމަށާއި “އެކަމަކު ހަގީގަތުގައި އެ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރި ނަމަ ކަންތައްތަކެއް މިހެންނެއް ނުދިޔައީސް ކަންނޭނގެ،” ކަމަށެވެ.
ރީކޯ މޫސަގެ ވާހަކަތަކުގައި ޝެއިޚުންނަށް ބަދުބަސް ބުނެ ފުރައްސާރަކުރުން ގިނަ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރީކޯ މޫސަ ވަނީ، ޝައިޚް އިލްޔާސް މިސްކިތަކަށް އަރައިފިއްޔާ އެންމެން ފައިބައިގެންދިއުމަށް ދެފަހަރެއްގެ މަތިން ގޮވާލާފައެވެ. އަދި ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރުދެއްވަން ނޫޅުއްވުމަށް ރީކޯ މޫސަ ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދީފައެވެ. ރީކޯ މޫސަ މިހެން ތަކުރާރުކޮށް ގޮވާލަމުންދާއިރު، އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ވިދާޅުވުމަށް ޝައިޚް އިލްޔާސް މިންބަރަށް އެރުއްވުމާއެކު ބަޔަކު މީހުން ވަނީ މިސްކިތުން ފައިބައިގެން ގޮސްފައެވެ.
ޝައިހް އިލްޔާސްމެން އަޅުގަނޑުމެން މަރަން ފަތުވާ ދިން” ކަމަށް ރީކޯ މޫސަ ބުނެފައިވާއިރު އެފަދަ އެއްވެސް ‘ފަތުވާ’ އެއް ޝެއިޚް އިލްޔާސް ދީފައިވާކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.


