ދިވެހި ރާއްޖޭގައި، އަހަރެމެންގެ ޑިމޮކްރެސީގެ ނޭވާ ހާސްކޮށްލަނީއެވެ. އަހަރެމެން ވަނީ އެހީއަށް ބޭނުންވެފައެވެ
Posted By Hilath
މިއީ އިނގިރޭސި ވިލާތުގެ “ދަ ގާރޑިއަން” ނޫހުގައި 18 ސެޕްޓެމްބަރު 2012 ގައި ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ކޮލަމްގެ ތަރުޖަމާއެވެ
މައުމޫނާއި އޭނާގެ ބައިވެރިންނާއި އަދި އައުވާނުން އެނބުރި އަތުވެއްޖެކަން ބޭރު ދުނިޔެއަށް ސާފުކޮށް ފަހުމް ވުމަކީ މުހިންމު ކަމެކެވެ. އަހުރެންގެ ސަރުކާރުގެ ކޮންޓްރޯލް އޮންނަނީ “ޔަހޫދީން”ނާއި “ނަސޯރާ”އިންގެ އަތުގައި ކަމަށް ބުނެ، އަދި ދީނީ ނަފުރަތު އުފައްދާ، އަނިޔާވެރިކަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނެގި ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ މީހުންގެ “ޑިސެމްބަރު އިއްތިހާދު” ގާއިމު ކުރީ، މިދިޔަ އަހަރު ފަހުކޮޅު، އެ މީހުންނެވެ. ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެޓިކް އުސޫލުން އިންތިޚާބު ކުރެވުނު ސަރުކާރު ފެބްރުއަރީ މަހު ވައްޓާލުމުގެ ރޭވުން ރޭވީ އެ މީހުންނެވެ. ގައުމު މިހާރު ހިންގުން ކޮންޓްރޯލް ކުރަނީ އެ މީހުންނެވެ. އަދި ހަމައެއާއެކު ފުލުހުންނާއި އަސްކަރީ ބާރުތަކުންނެވެ. މި ބާރުގަދަ ހިސާބުގައި ތިބެގެން، އެ މީހުން ދަނީ އަހުރެންގެ ގައުމުގެ ޑިމޮކްރެސީގެ ފަސްބައިން މަޑުމަޑުން ފުރާނަ ދަމަމުންނެވެ…އިތުރަށް ވިދާޅުވޭ



